وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَٰرَىٰ عَلَىٰ شَىْءٍ وَقَالَتِ ٱلنَّصَٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍ وَهُمْ يَتْلُونَ ٱلْكِتَٰبَ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
Resmî Divehi Çevirisiيهودى ން ބުނެފޫއެވެ. نصارى އިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި نصارى އިން ބުނެފޫއެވެ. يهودى ން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެއުރެން އެހެން އެ ބުނަނީ) އެއުރެން ފޮތް (އެބަހީ: توراة އާއި إنجيل) ކިޔަވައިއުޅޭ حال ގައެވެ. ހަމައެފަދައިން، ނުދަންނަ މީހުން (އެބަހީ: عربى ންގެ كافر ން) ވެސްބުނީ، އެއުރެންގެ ބުނުންފަދައިންނެވެ. ފަހެ، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު قيامة ދުވަހުން އެއުރެންގެ މެދުގައި اللَّه حكم ކުރައްވާނެތެވެ.