وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ وَنَحْشُرُهُمْ يَوْمَ ٱلْقِيَٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَّأْوَىٰهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَٰهُمْ سَعِيرًا
Resmî Divehi Çevirisiاللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް އެކަލާނގެ ފިޔަވައި އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް محشر އަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ.