قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ قُلِ ٱللَّهُ يَهْدِى لِلْحَقِّ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ فَمَا لَكُمْ كَيْفَ تَحْكُمُونَ
Resmî Divehi Çevirisiކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި حق އަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! حق އަށް މަގުދައްކަވަނީ اللَّه އެވެ. ފަހެ، تبع ވުން حق ކަންބޮޑީ حق އަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟