فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَـْٔذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا۟ مَعِىَ أَبَدًا وَلَن تُقَٰتِلُوا۟ مَعِىَ عَدُوًّا إِنَّكُمْ رَضِيتُم بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُوا۟ مَعَ ٱلْخَٰلِفِينَ
Resmî Divehi Çevirisiއެއުރެންގެ ތެރެއިން، ބަޔެއްގެ ގާތަށް اللَّه، ކަލޭގެފާނު އަނބުރާ ފޮނުއްވައިފިނަމަ، އަދި އެއުރެން (ހަނގުރާމަޔަށް) ނުކުތުމަށް إذن އަށް އެދި ކަލޭގެފާނަށް ދަންނަވައިފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ދުވަހަކުވެސް ތިޔަބައިމީހުން، ތިމަންކަލޭގެފާނާ އެކުގައި (ހަނގުރާމަޔަށް) ނުކުމެގެން ނުވާނެއެވެ. އަދި ތިމަންކަލޭގެފާނާ އެކުގައި، ތިޔަބައިމީހުން دشمن އަކާ ހަނގުރާމަކޮށްގެން ނުވާނެއެވެ. ހަމަކަށަވަރުން، ފުރަތަމަ ފަހަރުވެސް (ހަނގުރާމަޔަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމަޔަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ!