وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ وَرَسُولُهُۥ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ
Resmî Divehi Çevirisiއަދި މިއީ ބޮޑުވެގެންވާ حج ގެ ދުވަހު، اللَّه އާއި، އެކަލާނގެ رسول އާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށްފަހު) ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާ ވަނީ، مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ، ތިޔަބައިމީހުން (مشرك ން) توبة ވެއްޖެނަމަ (ދަންނާށެވެ!) ފަހެ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފިނަމަ، ފަހެ، ތިޔަބައިމީހުންނަށް اللَّه ނުކުޅައްދައެއް ނުލެވޭނެކަން ތިޔަބައިމީހުން ދަންނާށެވެ! كافر ވި މީހުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!