caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Mumtahana، آية 10

Medina · revelation order 91 · 60:10

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا جَآءَكُمُ ٱلْمُؤْمِنَٰتُ مُهَٰجِرَٰتٍ فَٱمْتَحِنُوهُنَّ ٱللَّهُ أَعْلَمُ بِإِيمَٰنِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَٰتٍ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ وَءَاتُوهُم مَّآ أَنفَقُوا۟ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ وَلَا تُمْسِكُوا۟ بِعِصَمِ ٱلْكَوَافِرِ وَسْـَٔلُوا۟ مَآ أَنفَقْتُمْ وَلْيَسْـَٔلُوا۟ مَآ أَنفَقُوا۟ ذَٰلِكُمْ حُكْمُ ٱللَّهِ يَحْكُمُ بَيْنَكُمْ وَٱللَّهُ عَلِيمٌ حَكِيمٌ

Resmî Divehi Çevirisiއޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ. އަދި އެއުރެން (ކާވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެއުރެންނަށް ދޭހުށިކަމެވެ! އަދި އެކަނބަލުންގެ ކާވެނީގެ ރަން އެކަނބަލުންނަށް ތިޔަބައިމީހުންދޭނަމަ، ތިޔަބައިމީހުން އެކަނބަލުންނާ ކާވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ! އަދި ތިޔަބައިމީހުން (އެކަނބަލުންނަށް) ރަނުގެ ގޮތުގައިދިން އެއްޗެއް އަތުލުމަށް ތިޔަބައިމީހުން سؤال ކުރާށެވެ! އަދި އެ كافر ން ހޭދަކުރި އެއްޗެއް އަތުލުމަށް އެއުރެންވެސް سؤال ކުރާހުށިކަމެވެ! އެއީ اللَّه ގެ حكم ފުޅެވެ. އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ނިޔާކުރައްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70