caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Maaida، آية 41

Medina · revelation order 112 · 5:41

يَٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ وَمِنَ ٱلَّذِينَ هَادُوا۟ سَمَّٰعُونَ لِلْكَذِبِ سَمَّٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا أُو۟لَٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ

Resmî Divehi Çevirisiއޭ رسول އާއެވެ! އެއުރެންގެ ހިތްތައް إيمان ނުވެ، އެއުރެންގެ އަނގައިން ތިމަންމެން إيمان ވެއްޖައީމުއޭ ބުނި މީހުންގެ ތެރެއިންނާއި، يهودى ން ކަމުގައިވި މީހުންގެ ތެރެއިން كافر ވުމަށް އަވަސްވެގަންނަ މީހުންނާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އެއުރެންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެންބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. (توراة ގެ) كلمة ތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ. އެއުރެން ބުނެތެވެ. ތިޔަބައިމީހުންނަށް މި كلمة ތައް (އެބަހީ: ބަދަލުކުރި كلمة ތައް) ލިބިއްޖެނަމަ، އޭގައި ތިޔަބައިމީހުން ހިފަހައްޓާށެވެ! އެ كلمة ތައް ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ތިޔަބައިމީހުން ރައްކާތެރިވާށެވެ! اللَّه އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ حضرة ން އެމީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވާނެއެވެ. އެއުރެންނަކީ، އެއުރެންގެ ހިތްތައް طاهر ކުރެއްވުމަށް اللَّه އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70