وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ
Resmî Divehi Çevirisiއަދި ބައިބައިވުމަކީ ނުބައިކަމެއްކަން، އެއުރެންނަށް އެނގުނުފަހުން މެނުވީ، އެއުރެން ބައިބައިވެ خلاف އެއް ނުވެތެވެ. އެއީ އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަނޑައެޅިގެންވާ ވަގުތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (عذاب ދެއްވުމުގެ) ބަސްފުޅެއް އިސްވެގޮސްފައިނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންގެފަހުން، ފޮތްވާރުތަވީމީހުންވަނީ، އެފޮތާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ.