caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު An-Nisaa، آية 12

Medina · revelation order 92 · 4:12

وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ مِنۢ بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ وَصِيَّةً مِّنَ ٱللَّهِ وَٱللَّهُ عَلِيمٌ حَلِيمٌ

Resmî Divehi Çevirisiތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: أصل އެއް فرع އެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް أخ އަކު ނުވަތަ أخت އަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ أخ ންނާއި أخت ން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. اللَّه ގެ حضرة ން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حليم ވަންތަ ރަސްކަލާނގެއެވެ.
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70