أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَٰرَىٰ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ
Resmî Divehi Çevirisiއަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب ގެފާނާއި يعقوب ގެފާނުގެ أسباط ންނީ، يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (އެކަންއޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (އެކަން ދެނެވޮޑިގަތުންބޮޑީ) اللَّه ހެއްޔެވެ؟ اللَّه ގެ حضرة ން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު، غافل ވެ ވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.