وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٍ فَأَتَمَّهُنَّ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا قَالَ وَمِن ذُرِّيَّتِى قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ
Resmî Divehi Çevirisiإبراهيم ގެފާނުގެ ވެރިރަސްކަލާނގެ، كلمة ތަކަކުން (އެބަހީ: ކުރެއްވި أمر ފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) امتحان ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ (އެކަލޭގެފާނަށް) وحى ކުރެއްވިއެވެ. ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ.