يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
Resmî Divehi Çevirisiއޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން (يهودى ންގެ) علم ވެރިންގެ ތެރެއިންނާއި (نصارى އިންގެ) ފާދިރީންގެ ތެރެއިން، ގިނަ މީހުން، މީސްތަކުންގެ މުދާތައް باطل ގޮތުގައި (އަތުލައި) ކައިއުޅެތެވެ. އަދި اللَّه ގެ މަގުން (މީސްތަކުން) ދުރުކުރެތެވެ. އަދި ރަނާއި ރިހި خزانة ކޮށް، اللَّه ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ خبر، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!