caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު An-Nisaa، آية 15

Medina · revelation order 92 · 4:15

وَٱلَّٰتِى يَأْتِينَ ٱلْفَٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةً مِّنكُمْ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًا

Resmî Divehi Çevirisiތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ عقوبات އެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ ދެވަނަ آية ން އަންގަވާފައެވެ.)
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70