أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ إِنَّهُۥ كَانَ عَلِيمًا قَدِيرًا
Resmî Divehi Çevirisiއެއުރެން ބިމުގައި ދަތުރު ފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެއުރެންނަށްވުރެ (އެބަހީ: مكة ގެ أهل ވެރިންނަށްވުރެން) ބާރުގަދަ ބަޔަކު ކަމުގައި އެއުރެންވޫއެވެ. އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، اللَّه ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ.