caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Taa-Haa، آية 130

Mecca · revelation order 45 · 20:130

فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ

Resmî Divehi Çevirisiފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި آية ގައި فرض ފަސްނަމާދުގެ ވަގުތުތައް بيان ވެގެންވާ ކަމުގައި مفسّر ން ލިޔުއްވާފައިވެއެވެ.)
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70