caseriqޤުރްއާނުގައި މާނައިން ހޯދުން

ސޫރަތު Al-Baqara، آية 76

Medina · revelation order 87 · 2:76

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ أَفَلَا تَعْقِلُونَ

Resmî Divehi Çevirisiއަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (توراة ގައި) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: مسلم ންނަށް) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: مسلم ން) حجة ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
Looking for a topic? Try the meaning search — your question is scanned across all 6,236 verses.
ބަސް — 70